Last Updated: April 2, 22:48
Wednesday, April 2, 2025
މުނިފޫހިފިލުވުން

ސޯނޫގެ އަންހެނުން އެކްސިޑެންޓްވެ ފަރުވާ ދެނީ

އިންޑިއާގެ ފިލްމީ ތަރި ސޯނޫ ސޫދުގެ އަންހެނުން ސޮނާލީ ސޫދު އެކްސިޑެންޓްވެ ފަރުވާ ދޭން ފަށައިފި އެވެ.

އޭނަ އެކްސިޑެންޓްވީ ރޭގެ ދެންވަރު މުމްބާއީ އިން ނާގްޕޫރަށް ކާރުގައި ދަނިކޮށެވެ. އެ ހާދިސާ ހިނގާގައި ވަނީ ސޮނާލީ އާއިލާގެ އެހެން ދެ މީހަކާ އެކި ކާރުގައި ހައިވޭގައި ދަތުރު ކުރަނިކޮށް، ޓްރަކެއްގައި ޖެހިގެންނެވެ.

އެ ހާދިސާއާ ގުޅިގެން ސޮނާލީ އާއި އާއިލާގެ އަނެއް ދެ މީހުންނަށް އެކި ވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް ސީރިއަސް އެއްވެސް ގެއްލުމެއް އެއްވެސް މީހަކަށް ނުލިބޭ ކަމަށް މީޑިއާތަކަށް ސޯނޫ މިއަދު ކަށަވަރުކޮށް ދީފައިވެ އެވެ. ނަމަވެސް އެ މީހުން އަދިވެސް ތިބީ ހޮސްޕިޓަލްގަ އެވެ.

"ތިން މީހުންގެ ހާލު ވެސް ރަނގަޅު." ސޯނޫ ބުންޏެވެ.

އެ ހާދިސާގައި އެ މީހުން ދަތުރުކުރި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި ފިލްމު "ފަތޭ" ޑައިރެކްޓްކޮށް، ކުޅުނު ސޯނޫ އާއި ސޮނާލީ ކައިވެނިކުރީ 1996 ގަ އެވެ. އެ މީހުންނަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ދެ ފިރިހެން ކުދިންނެވެ.