Last Updated: March 31, 17:53
Monday, March 31, 2025
ޚަބަރު

އީދު ދިއްލުމަށް ހަފުލާއެއް ބާއްވަނީ

ފިތުރު އީދު ދިލުމަށް ހަފުލާއެއް ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

އެ ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 9:45 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަވަޑައިގަންނާ ގޮތަށް ހަމަޖެހިފައިވާ އެ ހަފުލާ އަށް ލޯކަލް މިނިސްޓްރީން އަންނަނީ ސަރުކާރުގެ ވެރިންނަށާއި މުވައްޒަފުންނަށް ދައުވަތު ދެމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އީދުގެ ބޮކިތަކުން ދިއްލުމަށް ސަރުކާރުން 28 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ އިރު، މާލެ ސަރަހައްދު ފިޔަވައި އެންމެ ބޮޑު އާބާދީއެއް އުޅެމުން އަންނަ އައްޑޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެ، އީދު ދިއްލުމަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ފިތުރު އީދަށް ރާއްޖެ ކުލަބޮކިތަކުން ދިއްލަން ހިންގާ ހަރަކާތް ވަރަށް ފުރިހަމަ ވާނެ ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައިވެ އެވެ.

މި އަހަރު އީދަށް ދިއްލާ ރަށްތައް އިތުރުކޮށް ޖުމްލަ 65 ރަށެއްގައި ޢީދު ދިއްލުން ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.