ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް، ޙާފިޡްކަމުގެ ސަނަދު އެރުވުމަށް ބާއްވާ ޖަލްސާ މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިއީ ޙާފިޡުންގެ ދަސްވެނިވުމުގެ ފާހަގަކުރަން ހާއްސަކޮށްގެން މުޅިން އަލަށް ރަސްމިއްޔާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެ ހަފުލާ ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ ބާއްވާނެކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސައީދު އޮތީ ކުރިން އިއުލާން ވެސް ކުރައްވައިފަ އެވެ.
ޙާފިޡުންގެ ދަސްވެނިވުގެ ޖަލްސާ އޮންނާނީ މިރޭ 10:00 ގައި އިސްލާމީ މަރުކަޒުގަ އެވެ. އެ ހަފުލާ ޝަރަފްވެރިކޮށް ދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިރޭގެ ރަސްމިއްޔާތުގައި 24 ޙާފިޡަކަށް ޙާފިޡުކަމުގެ ސަނަދު އަރުވާނެ އެވެ. ހެ ހަފުލާގައި ހާފިޡުން ހާއްސަ ގައުނެއް ބޭނުން ކުރާނެ އެވެ.