ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
ހެރިޓޭޖް މިނިސްޓްރީން އެ މަސައްކަތް އެ ކުންފުންނާ ހަވާލުކުރީ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެގޮތުން މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ އެ މަސައްކަތް ނިމިގެން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް އެ މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއް ވާނެ އަމާޒެއް ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީން ވަނީ މި މަހުގެ 10 ގައިއދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްގީކުރުމުގެ މަޝްރޫއު ވެސް އާރްޑީސީއާ ހަވާލުކޮށްފަ އެވެ.