ސޮނި ޓީވީން ކުރިން ތިން ސީޒަނެއް ގެނެސްދީފައިވާ މަގުބޫލު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނެއް މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސްދޭން ނިންމިކަން އިއުލާންކޮށްފި އެވެ.
އޭގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ އިތުރުން ސޮނީ ޓީވީން ވެސް ވަނީ އާ ސީޒަންގެ ޕްރޮމޯއެއް އާންމުކޮށްފަ އެވެ.
ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތަށް މި ސިލްސިލާ އަކީ ޝިވާންގީ ޖޯޝީ އާއި ހަރުޝަދު ޗޯޕްޅާ ލީޑުން ފެންނާނެ އެއްޗެކެވެ. އެކަމަކު އެ ދެ ތަރިން އެކީގައި އަލަށް ފެންނާނީ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނަކުން ކަމެއް ކުރިން ހާމަކޮށްފައެއް ނުވެ އެވެ.
ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލު ކުޅެގެން މަޝްހޫރުވި ޝިވާންގީ އެންމެ ފަހުން ފެނިފައި ވަނީ ވެސް އެކްތާ ސިލްސިލާއަކުންނެވެ. އެއީ ސޮނީން 2023-2023 އަށް ގެނެސްދިން "ބަރުސާތޭ: މޯސަން ޕިޔާރު ކާ" އެވެ.
ހަރުޝަދު އެންމެ ފަހުން ފެނިފައި ވަނީ 2021-2023 އަށް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިންނެވެ.
މުޅިން ތަފާތު ކާސްޓަކާ އެކު "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، މީގެ ފުރަތަމަ ސީޒަން 2011-2014 އަށް ގެނެސްދިނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރާ އެކީގަ އެވެ. އަދި އަނެއް ދެ ސީޒަން ގެނެސް ދިނީ ނަކުލް މެހެތާ އާއި ޑިޝާ ޕަރްމަރާ އެކީގަ އެވެ.
"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަން ދައްކަން ފަށާނެ އިރެއް އަދި ސޮނީ ޓީވީން އިއުލާނެއް ނުކުރެ އެވެ.