* ބޭނުންވާ ތަކެތި:
4 އަލުވި
150 ގްރާމް ބީފް (ބޭނުންވާ ނަމަ ކުކުޅު ވެސް ބޭނުން ކުރެވިދާނެ)
1 ބޮޑު އެއް ފިޔާ
200 ޖޯޑު މޮޒެރެއްލާ ޗީޒް
1 ސަމުސާ ލޮނު
1 ސަމުސާ އަސޭމިރުސް
1 ސަމުސާ ހިކިމިރުސް
3 ސަމުސާ އޮލިވް އޮއިލް
1 ސަަމުސާ އޮރެގާނޯ
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ޓްރޭއަކަށް ހަތަރު އަލުވި، އެއް ބީފް ފިޔާ ދިގަށް ކޮށާލާފައި އަޅާލާށެވެ. އެއީ އެއް ފަޅީގައި އަލުވި އަދި އަނެއް ފަޅީގައި ބީފް ބެހެއްޓޭނެ ގޮތަށެވެ. ދެން މެދުގައި ފިޔަ އެވެ.
ދެން އެއް ސަމުސާ ލޮނާއި، އެއް ސަމުސާ އަސޭމިރުސް އަދި އެއް ސަމުސާ ހިކި މިރުސް، ތިން ސަމުސާ އޮލިވް އޮއިލް އަޅާލުމަށް ފަހު ހުރިހާ އެއްޗެއް އެެއްކޮށްލާށެވެ. ދެން އެލްމިނިއަމް ފޮއިލްއިން ޓްރޭ ބަންދުކޮށްލުމަށް ފަހު އަވަނަށް ލައި 390 ޑިގްރީ ސެލްސިއަސްގައި 40 މިނެޓް ވަންދެން ކައްކާލާށެވެ. ކެެކެމުންދާ އިރު މޮޒަރައްލާ ޗީޒް ގާނާލާށެވެ.
އެއްކޮށް 40 މިނެޓް ކައްކާލެވުމުން އަވަނުން ނަގާފައި މައްޗަށް މޮޒެރެއްލާ އަދި އޮރިގާނޯ އަޅާލުމަށް ފަހު އަނެއްކާ އަވަނަށް ލުމަށް ފަހު ޗީޒް ވިރެންދެން ވަންދެން ކައްކާލާނީ އެވެ.