އއ. ރަސްދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ބައްދަލުކުރައްވައިފި އެވެ.
ނައިބު ރައީސް އެ ދެމަފިރިންގެ އާއިލާއާ ބައްދަލުކުރެއްވީ މިއަދު އައިޖީއެމްއެޗަށް ވަޑައިގެންނެވެ.
އައިޖީއެމްއެޗުން އިއްޔެ ބުނީ ފިހިގެން ހޮސްޕިޓަލަށް ގެނައީ އުމުރުން 31 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމަށާއި އަދި އެ ދެމީހުންގެ ހާލު ވެސް ސީރިއަސްވެ، ވެންޓިލޭޓަރަށް ލާފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައިނުވާއިރު، ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.