މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަންގެ އާ ފިލްމު "ޕެއްޑީ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
ފިލްމުގައި އޭނަ ފެންނާނެ ގޮތުގެ ޕޯސްޓަރުތަކެއް މިއަދު މި ދައްކައިލީ ހުނަރުވެރި އެކްޓަރުގެ 39 ވަނަ އުފަން ދުވަހާ ގުޅުވަގެންނެވެ. "ޕެއްޑީ" ފަސްޓްލުކް ޕޯސްޓަރުތަކުން ޗަރަން ފެންނަނީ "ޕުޝްޕާ" ގައި އައްލޫ އަރުޖުން ކުޅެފައިވާ ކެރެކްޓާއާ ދާދި އެއްކަހަލަ ގޮތަކަށެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ޝޫޓިން ފެށި "ޕެއްޑީ" އަކީ ހުނަރުވެރި ތެލެގޫ ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި މިއީ އޭނައާ އެކު ޗަރަން މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓް ވެސް މެ އެވެ.
ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި އިއުލާން ނުކުރާ "ޕެއްޑީ" ގެ ބަތަލާ އަކީ ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ 2022 ގެ "އާރްއާރްއާރް" ގައި ޗަރަންއާ އެކު މުހިއްމު ރޯލެއް، އެކްޓަރު އެންޓީއާރް ޖޫނިއާގެ މިދިޔަ އަހަރުގެ "ދޭވްރާ: ޕާޓް 1" އިންނެވެ.
"ޕެއްޑީ" ގެ ކާސްޓްގައި ދިވްޔެންޑޫ، ޝިވާ ރާޖްކުމާރު އަދި ޖަގަޕަތީ ބާބޫ ވެސް ހިމެނެ އެވެ.
އިންޑިއާގެ އެންމެ ނުފޫޒު ގަދަ ތެލެގޫ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޗަރަންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ގެނެސްދިން ޕޮލިޓިކަލް އެކްޝަން ފިލްމު "ގޭމް ޗޭންޖާ" އެވެ.