ރައީސް ޑރ. މުޙައްމަދު މުޢިއްޒު "ރައްޔިތުންނާ އެކު" ގެ ނަމުހައި ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގެ ޝޯގެ ފުރަތަމަ އެޕިސޯޑް މިއަދު ގެނެސްދޭން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއީ ރައްޔިތުންނަށް ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ޕޮޑްކާސްޓެއް ކަމަށެވެ. އެގޮތުން މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1:00 ޖަހާއިރު ރައީސް އޮފީހުގެ ސޯޝަލްމީޑިއާ ޗެނަލްތަކުން ގެނެސްދޭނެއެވެ. އަދި މެންދުރު ފަހު 2:30 ގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ވެސް އެ އެޕިސޯޑް ގެނެސް ދޭނެ އެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1 ޖަހާއިރު pic.twitter.com/3APikeL27k
— The President's Office (@presidencymv) March 27, 2025
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދަވާ ޕޮޑްކާސްޓް ހޯސްޓް ކުރައްވާނީ ތަޖުރިބާކާރު ޓީވީ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ) އެވެ.