ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީ ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ ފިލްމު "ގްރައުންޑް ޒީރޯ" އަންނަ މަހު ގެނެސްދޭން ނިންމައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިއަދު އާންމުކޮށްފި އެވެ.
އަންނަ މަހުގެ 25 ގައި ބެލުންތެރިންނަށް ދޫކޮށްލަން ތާވަލުކޮށްފައިވާ މި ވަތަނީ ފިލްމުގެ ޑައިރެކްޓަރަކީ ތެޖާސް ޑިއޮސްކަރެވެ. "ގްރައުންޑް ޒީރޯ" އަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ފަރުހާން އަޚްތަރާއި ރިތެޗް ސިދުވާނީ އެކްސެލް އެންޓަޓައިންމަންޓްގެ ތައްގަނޑުގައި ގެނެސްދޭ ފިލްމެކެވެ.
އިމްރާން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ސާރާ އަލީ ޚާންގެ "އޭ ވަތަން، މޭރޭ ވަތަން" ގެ ހާއްސަ ފެނިލުމަކުންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޭ ކޯލް ހިމް އޯޖީ" އާއި "ޖީ2" އަދި "އާވާރާޕަން 2" ހިމެނެ އެވެ.