Last Updated: March 31, 13:57
Monday, March 31, 2025
ޚަބަރު

ދެ މަސްތެރޭ 550 މަޝްރޫއެއް ފަށަނީ

ކުރިއަށް އޮތް ދެ މަހެއްހާ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން 550 އަށް ވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެށޭނެ ކމ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ގެ ނަމުގައި އެ މަނިކުފާނު މިއަދު ޕޮޑްކާސްޓުގައި ވިދާޅުވީ މިހާރު ވެސް މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލު ކުރެވެމުން އަންނަ އިރު 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެށިގެން ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކް ވެސް ތަރައްގީ ކުރެވޭނެ ކަމަށާއި ކުޅިވަރުގެ ވަސީލަތްތައް ހިމެނޭހެން ކޮންމެ ރަށެއްގަ އިވެސް މި ދެ އަހަރު ދުވަހުގެ ތެރޭގައި ފިޓްނަސް ސެންޓަރު ތަރައްގީ ކުރެވޭނެ ކަމަށެވެ.

"ވަރަށް ބާރަށް އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދާނެ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެން ދާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން އިގްތިސާދު މެނޭޖްކުރަމުން، ރައްޔިތުންނަށް މިކަންކަމުގައި ލުއިތައް ދެމުންދާ ތަން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި އަހަރާއި އަންނަ އަހަރު ވެގެންދާނީ ރާއްޖޭގައި ތަަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާނެ ދެ އަހަރަށް ކަމަށެވެ.