Last Updated: March 31, 13:57
Monday, March 31, 2025
ރިޕޯޓް

ރޯދަ ރަހަ: ޗިކެން ފްރައިޑް ރައިސް

* ބޭނުންވާ ތަކެތި:

3 ޖޯޑު ބަތް (ބާސްމަތީ)
1 ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)
1 ސައި ސަމުސާ ލޮނުމެދު އިނގުރު (ޗިސްކޮށްފައި)
2 ބިސް
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
1/2 ޖޯޑު ކެބެޖު
1/2 ޖޯޑު ކެރެޓް (ގާނާފައި)
1 ސައިސަމުސާ ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)
1/2 ޖޯޑު އަޖިނަމޮޓޯ
1/2 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ކުކުޅު މަސް
މަޑު މުށި ކުލަ ހިފާވަރަށް ސޯޔާ ސޯސް
ރަހަލާ ވަރަށް ލޮނު
ތެޔޮފޮދެއް

* ތައްޔާރު ކުރާނެ ގޮތް:

ކެރެޓާއި ކުކުޅު ދިގުކޮށް ކޮށާލާފައި، ބާކީ ހުރި ތަރުކާރީކޮޅު ހިމުންކޮށް ކޮށާލާށެވެ. އެއަށް ފަހު، ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނު ވުމުން ދެ ސަމުސާ ތެޔޮ އަޅާފައި ކުކުޅު، ކޮރިއެންޑާ، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ.

ކުކުޅުކޮޅު ރޯފިލުމުން ބާކީހުރި ތަރުކާރީ ތެއްޔަށް އެޅުމަށް ފަހު ރޯ ފިލުވާލާށެވެ.

ތަރުކާރީކޮޅު ރޯފިލުމުން މުގުރި މިރުސް، ލޮނު އަދި އަސޭމިރުސް އިތުރަށް އަޅައި ހާވާލާށެވެ. ދެން ބިހެއް އަޅައި އެއްކޮށްލާށެވެ.
ބިސް އެއްވުމުން ސޯސްކޮޅު، ޕޭސްޓް އަދި ބަތްކޮޅު އެއްކޮށްލާފައި ރަހަ ހިފަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ގެންދާށެވެ. ރަހަ ހިފުމުން އުނދުން މަތިން ބާލާށެވެ.