Last Updated: March 31, 13:57
Monday, March 31, 2025
ދުނިޔެ

ސަބްމެރިންއެއް ފެތި، ބަޔަކު މަރުވެއްޖެ

ޓޫރިސްޓް ސަބްމެރިން އަށް ރަތް ކަނޑަށް މިއަދު ފެތި ހަ މީހަކު މަރުވެ، އިތުރު 29 މީހަކު ޒަހަމްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ މި ހާދިސާ މިއަދު ހިނގާފައި ވަނީ މިސްރުގެ ހުރުގާދާ ސިޓީގައި ކަމަށެވެ. ރަތް ކަނޑަށް "ސިންދުބާދު" ކިޔާ ސަބްމެރިން ފެތުނު ހާދިސާ ހިނގި އިރު، އޭގައި 40 ޓޫރިސްޓުން ތިބި ކަމަށާއި އެ އެންމެންނަކީ ވެސް ރަޝިއާ މީހުން ކަމަށް މީޑިއާތަކުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން މިސްރުގައި ހުންނަ ރަޝިއާގެ އެމްބަސީން ބުނީ އެ ހާދިސާގެ މައުލޫމާތު އެތަނުގެ ސަމާލު ކަމަށް އައުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް "ސީ ސްޓޯރީ" ކިޔާ ޓޫރިސްޓް އުޅަނދެއް ރަތް ކަނޑަށް 40 މީހުންނާ އެކީ ފެތިފައިވެ އެވެ. އެ ހާދިސާގައި 11 މީހަކު ގެއްލިފައިވެ އެވެ.