އެމެރިކާގެ ކުރީގެ އަންހެން މިއުޒިކް ބޭންޑް "ރޮނެޓްސް" ގެ މެންބަރެއް ކަމަށްވާ ރޮނީ ސްޕެކްޓާ އަށް ބިނާކޮށް ހަދަން ނިންމާފައިވާ ބައިގްރަފިކަލް ޑްރާމާގެ ލީޑް ރޯލު ޒުވާން ބަތަލާ ޒެންޑާޔާ އަށް ލިބިއްޖެ އެވެ.
ޑެޑްލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރޮޑަކްޝަން ހައުސް 'އޭ24' އަށް މި ފިލްމު ޑައިރެކްޓް ކުރާނީ އޮސްކާ އެވޯޑް ހޯދާފައިވާ ބެރީ ޖެންކިންސް އެވެ. ދެހާސް ސޯޅައިގެ "މޫންލައިޓް" އިން އެންމެ މޮޅު ފިލްމުގެ އޮސްކާ ހޯދި ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން 2019 ގެ "ލަޔަން ކިންގް" ގެ ދެވަނަ ބައި "މުސާފާ: ދަ ލަޔަން ކިންގް" އެވެ.
އުމުރުން 78 އަހަރުގައި ދެހާސް ބާވީހުގައި މަރުވެފައިވާ ލަވަކިޔުންތެރިޔާ ސްޕެކްޓާގެ ރޯލު ޒެންޑާޔާ ކުޅޭ "ބީ މައި ބޭބީ" ހަދަން ނިންމާފައި ވަނީ ހުނަރު ފަންނާނުގެ 1990 ވަނަ އަހަރުގެ ބައޮގްރަފީ "ބީ މައި ބޭބީ: ހައު އައި ސަވައިވްޑް މާސްކާރާ، މިނީސްކާޓްސް، އެންޑް މޭޑްނެސް، އޯ މައި ލައިފް އޭސް އަ ފެބިއުލަސް ރޮނެޓް" އަށް ބިނާކޮށެވެ.
"ބީ މައި ބޭބީ" ގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
މަޝްހޫރު އެކްޓަރު ޓޮމް ހޮލަންޑާ އެންގޭޖްވެފައިވާ ޒެންޑާޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ރޮމޭންޓިކް ސްޕޯޓްސް ފިލްމު "ޗެލެންޖާސް" އެވެ. އޭނަ ކުރިއަށް ހުރި ފިލްމުތަކުގައި ކާސްޓްގައި ޓޮމް ވެސް ހިމެނޭ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ފެންޓަސީ އެކްޝަން ފިލްމު "ދި އޮޑިސީ" ހިމެނެ އެވެ.