Last Updated: March 31, 13:57
Monday, March 31, 2025
ޚަބަރު

ސާންތީގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް

ކުޅިވަރަށް ގިނަ ޚިދުމަތްތަކެއްކޮށް ދީފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗުއިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި އެވެ.

ތައުޒިޔާގެ އެ ދަފުތަރު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ފައްޓަވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ އިތުރުން، އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން އަޙްމަދު މުޢިއްޒާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސާންތީ ވަކިވެގެން ދިޔުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެންދިޔަ އުނިކަމެއް ކަމަށެވެ.

ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުން މިއަދުން ފެށިގެން އަންނަ މަހުގެ 5 އާ ހަމައަށް ކުރިއަށް ދާނީ ހެންވޭރު ބޯޅަދަނޑުގަ އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ސާންތީ އަވަހާރަވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.