Last Updated: March 31, 13:57
Monday, March 31, 2025
ޚަބަރު

ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް

މިޔަންމާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.

މި ބިން ހެލުން އައިސްފައި ވަނީ މާލެ އާއި 3121 ކިލޯމީޓަރު ދުރުންނެވެ. މިއަދު ހެނދުނު 11:32 ހާއިރު މި ބިންހެލުން އައިސްފައިވަނީ 7.6 މެގްނެޓިއުޑްގެ ބާރުމިނުގަ އެވެ.

މެޓް އޮފީހުން ވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށް ބުނެފަ އެވެ.

މި ބިންހެލުމުގައި މިޔަންމާގެ ވެރިރަށް ނޭޕިޑޯގެ މަގުތައް ހަލާކުވެ، އިމާރާތްތަކަށް ގެއްލުންވެފައި ވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މި ބިންހެލުމުގެ އަސަރު ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ވެސް ކޮށްފައިވާއިރު، ބެންކޮކްގެ ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ. އޭގެ ތެރޭގައި ބެންކޮކްގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެސް ހިމެނެ އެވެ. އެ އިމާރާތުގެ ދަށުގައި 43 މީހަކު ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ބިންހެލުމުގައި މީހަކު މަރުވި ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައި ނުވާއިރު، ބެންކޮކްގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.