Last Updated: March 31, 13:57
Monday, March 31, 2025
މުނިފޫހިފިލުވުން

އަޖޭގެ 'ރެއިޑް 2' ގެ ޓީޒާއެއް

މެއި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ރެއިޑް 2" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ 2018 ގައި ގެނެސްދިން "ރެއިޑް" ގެ ދެވަނަ ބައެވެ. މިއީ ޓެކްހަށް މަކަރު ހަދާ މީހުން އަތުލައިގަންނަން އިންކަމް ޓެކްސް ޑިޕާޓްމަންޓްގެ އޮފިސަރަކާއި އޭނަގެ ޓީމް ކުރާ މަސައްކަތް ދައްކުވައި ދިން ކްރައިމް ތުރިލާއެކެވެ.

އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު "ރެއިޑް 2" ވެސް ގެނެސްދެނީ ޑައިރެކްޓަރު ރާޖްކުމާރު ގުޕްތާ އެވެ.

މެއި 1 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ "ރެއިޑް 2" ގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ. މިއީ އަޖޭއާ އެކު އޭނަ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. ފިލްމުގެ މުހިއްމު ރޯލަކުން ރިތޭޝް ދޭޝްމުކް ވެސް ފެންނާ އެވެ.

"ރެއިޑް 2" އަކީ މި އަަހަރު ރިލީޒްވާ އަޖޭގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "އާޒާދު" އެވެ.