Last Updated: March 31, 19:44
Monday, March 31, 2025
ޚަބަރު

10 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަނީ

ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލު ހިމެނޭހެން 10 ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އައު އިމާރާތް އަޅަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީ، އާރުޑީސީ، އަދި ފެނަކަ އާ އެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރެކެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.

އެމްޓީސީސީ އާއި ހަވާލުކުރި މަޝްރޫއުތައް:

1. ހދ. ނެއްލައިދޫ ސިއްޙީމަރުކަޒުގެ އައު ޢިމާރާތް – 11،197،462.90 ރުފިޔާ

2. ށ. މިލަންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތް – 110،878،732.12 ރުފިޔާ

3. ކ. ތުލުސްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތް – 110،716،537.72 ރުފިޔާ

4. އއ. ރަސްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތް – 185،571،402.42 ރުފިޔާ

5. ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އައު ޢިމާރާތް – 185،571،402.42 ރުފިޔާ

އާރުޑީސީއާ ހަވާލުކުރި މަޝްރޫއުތައް

1- ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތް – 108,322,537.03 ރުފިޔާ

2- އދ. ފެންފުށީ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތް – 26,839,684.82 ރުފިޔާ

ފެނަކައާ ހަވާލުކުރި މަޝްރޫއު

1- ބ. ކުޑަރިކިލު ސިއްޙީމަރުކަޒުގެ އައު ޢިމާރާތް – 7,641,116.64 ރުފިޔާ

2- ގއ. ކޮނޑޭ ސިއްޙީމަރުކަޒުގެ އައު ޢިމާރާތް – 6،763،307.54 ރުފިޔާ

3- ގދ. ނަޑެއްލާ ސިއްޙީމަރުކަޒުގެ އައު ޢިމާރާތް – 6،757،395.89 ރުފިޔާ

ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި 10 ރަށް ނިސްބަތްވާ ދާއިރާގެ މަޖިލިސް މެންބަރުންނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.