Last Updated: March 31, 17:53
Monday, March 31, 2025
ޚަބަރު

‏ހިޖުރީ މަހެއް ފެށުމަށް އާމަހުގެ ހަނދު ލޮލަށް ފެނުން ލާޒިމެއް ނޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

‏ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫން ކަމަަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ފިތުރު އީދު ވާނެ ދުވަހަކާ މެދު ބަހުސް ހިނގަމުންދާ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީ ކަމަށެވެ.

"‏ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫނެވެ. އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީއެވެ،" މައުމޫން ވިދާޅުވެފައިވެ އެވެ.

މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް މައުމޫން މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

މައުމޫނަކީ ފަލަކީ ޢިލްމަށް ޚާއްސަ ޝައުޤުވެރިކަމެއް ބަހައްޓަވާ، އެދާއިރާގެ ފުންނާބު އުސް ޢިލްމުވެރިއެކެވެ.