Last Updated: April 1, 23:32
Tuesday, April 1, 2025
ކުޅިވަރު

ބްރެޒިލްގެ ކޯޗުކަމުން ޑޮރިވަލް ވަކިކޮށްފި

ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ޑޮރިވަލް ވަކިކޮށްފި އެވެ.

ބްރެޒިލްގެ ކޯޗުކަމުން ޑޮރިވަލް ވަކިކޮށްފައިވަނީ ވޯލްޑް ކަޕްގެ ކޮލިފައިންގައި އާޖެންޓީނާ އަތުން 4-1 އިން ބްރެޒިލް ބަލިވުމާ ގުޅިގެންނެވެ. ބްރެޒިލް މިވަގުތު އޮތީ ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލުގެ ހަތަރުވަނައިގަ އެވެ.

ބްރެޒިލްގެ ފުޓްބޯޅަ އިދާރާ އިން ވަނީ ޑޮރިވަލްގެ ބަދަލުގައި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ޑޮރިވަލް ،62، ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލުން ކުޅުނު 16 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ ހަ މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ޑޮރިވަލް ހުރީ ބްރެޒިލްގެ ސައޮޕާލޯގެ ކޯޗުކަމުގެ މަގާމުގަ އެވެ.