Last Updated: April 1, 23:32
Tuesday, April 1, 2025
ދުނިޔެ

'އެކްސް' ވިއްކާލައިފި!

މިހާރު "އެކްސް" ގެ ނަމުގައި ހިންގަމުން އަންނަ ކުރީގެ ޓްވިޓާ ވިއްކާލާފައިވާ ކަމަށް މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އެކްސް ޕޯސްޓެއްގައި އޭނަ ވިދާޅުވީ އެކްސް" ވިއްކައިލީ އަމިއްލަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި "އެކްސް.އޭއައި" އަށް ކަމަށެވެ. އެ ކުންފުންޏަކީ މީގެ ދެ އަހަރު ކުރިން ވުޖޫދަށް ގެނައޮ ކުންފުންޏެވެ. އެއަށް "އެކްސް" ވިއްކައިލީ 45 ބިލިއަން ޑޮލަރަށެވެ. ދެހާސް ބާވީސް ވަނަ އަހަރު އީލޮން "ޓްވިޓާ" ބައްލަވައިގަތީ 44 ބިލިއަން ޑޮލަރެވެ. އެއަށް ފަހު "އެކްސް" އަށް ރިބްރޭންޑްކުރީ 2023 ގެ ކުރީކޮޅު އެވެ.

އިލޮން ވިދާޅުވި ގޮތުގައި "އެކްސް.އޭއައި" އަށް ވިއްކައިލުމުން "އެކްސް" ގެ އަގު 33 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އޭނަ ވިދާޅުވޮ ގޮތުގައި މި މުއާމަލާތުގެ ސަބަބުން "އެކްސް" ޓެކްނޮލިޖީގެ ގޮތުން އިތުރު ކުރިއެރުންތަކެއް އައިސް، އޭގެ ވަރުގަދަކަން އިތުރުވާނެ އެވެ.

'އެކްސް" އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.