އަންނަ އަހަރު ގެނެސްދޭން ނިންމާވާފައިވާ މާވެލް ސްޓޫޑިއޯސްގެ "އެވެންޖާސް" ފިލްމު ސީރީޒްގެ ފަސް ވަނަ ބައި "އެވެންޖާސް: ޑޫމްސްޑޭ" ގެ ކާސްޓުން އިއުލާންކޮށް، ފިލްމުގެ މަސައްކަތް ފަށައިފި އެވެ.
އަންނަ އަހަރުގެ މެއި 1 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސްގެ 39 ވަނަ ފިލްމެވެ. އަދި މިއީ 2019 ގައި ގެނެސްދިން "އެވެންޖާސް: އެންޑްގޭމް" ފަހުން ބެލުންތެރިންނަށް ގެނެސްދޭ އެ ސީރީޒްގެ ފުރަތަމަ ފިލްމެވެ.
އެންތަނީ އާއި ޖޯ ރުސޯ ގެނެސްދިން "އެންޑްގޭމް" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި ދެވަނަ އެންމެ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދުމުހެ ރެކޯޑް އޮފް ފިލްމެވެ. ޖުމްލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން އެ ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 2.799 ބިލިއަން ޑޮލަރު ލިބުނެވެ.
"އެވެންޖާސް: ޑޫމްސްޑޭ" އަކީ ވެސް ރުސޯ ދެބެއިން ހަދާ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ކާސްޓުންނަކީ ކްރިސް ހެމްސްވޯތު، ވެނެސާ ކާބީ، އެންތަނީ މެކީ، ސެބަސްޓިއަން ސްޓޭން، ލެޓިޓިއާ ރައިޓް، ޕޯލް ރަޑް، ވިއަޓް ރަސަލް، ސިމު ލިއު، ޗޭނިން ޓޭޓަމް، ޕެޑްރޯ ޕާސްކަލް އަދި ރޮަބަޓް ޑައުނީ ޖޫނިއާގެ އިތުރުން އެތައް ތަރިންނެއް ހިމެނެ އެވެ.