މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯނަކީ ޝަރީއާ ހުއްދަ ކުރާ ގޮތަށް ދޫކުރާ ލޯނަކަށް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު ނިންމެވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ﷲރ. މުހަމައްދު ޝަހީދު އަލީ ސައީދު އެކަމަށް ތައުރީފު ކުރައްވަައިފި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސްގެ އެ ނިންމެވުމަކީ ތާރީޚީ، ޙައްޤު އަދި ހެޔޮ ނިންމެވުމެއް ކަމަށެވެ.
ސްޓޫޑެންޓް ލޯންތަކަށް އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އައި ބައި ކަނޑާލައި، އެ ލޯނުތަކަކީ ޝަރީޢާ ހުއްދަ ކުރާ ފަދަ ލޯނުތަކަކަށް ހެދުމަށް ރައީސް ނިންމެވި ނިންމެވި ނިންމެވުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެޑްމިން ފީގެ ނަމުގައި ލޯނަށް އިތުރު ކުރާ ބަޔާއި، ލޯނާ ނުގުޅުވައި، ޚިދުމަތުގެ އުޖޫރައެއް ގޮތުގައި ނަގަމުން އަންނަ އިސްލާމީ ޝަރީޢާ ހުއްދަކުރާ އިދާރީ ފިކްސް އެކްޗުއަލް އެމައުންޓް ބައެއް މީހުންނަށް ސާފު ނުވެ، ރައީސްގެ ނިންމެވުމަށް ފާޑުކިޔާތަން ފެންނަމުންދާ ކަމަށެވެ.
އެހެންވެ ޝަހީމު ވަނީ އެކަމުގެ ޝަރުޢީ އުޞޫލުތައް ވެސް ތަފުސީލުކޮށް ދެއްވައިފަ އެވެ.
* އިސްލާމީ ޝަރީޢަތުގައި ވާ ގޮތުން މީހަކަށް ލޯނެއް ދިނުމަށް ފަހު، އެއަށް ބައެއް އިތުރުކޮށް އަނބުރާ ދެއްކުމަށް ޝަރުޠެއް ނުކުރެވޭނެއެވެ. -ލޯނެއް ދިނުމުގައި ކުރާ މަސައްކަތަށް، ސީދާ އެކްޗުއަލް ފިކްސް އެޑްމިން ފީ އެއް ނެގުމަކީ ޝަރީއާ މަނާކުރާ ކަމެއްނޫނެވެ. އެކަމަކު އެވާން ޖެހޭނީ ހަމަ އޭގައި ކުރާ އިދާރީ މަސައްކަތުގެ ސީދާ ޙައްޤު ފީއަށެވެ.
* ރާއްޖޭގައި ދަރިވަރުންގެ ލޯންތަކުގައި އިތުރުކޮށްފައި އޮންނަނީ އެކްޗުއަލް ފިކްސް އިދާރީ ފީއެއް ނޫނެވެ. ލޯންގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ހުރިހާ ލޯނަކަށް ވެސް އެނަގާ އަދަދުގެ ޕަސެންޓެކެވެ. އެއީ އެނަގާ އަދަދެއްގެ 1 ޕަސެންޓެވެ. ރިބާއަށް ވަނީ މިއެވެ.
* ރައީސްގެ ނިންމެވުން ބިނާކުރެއްވީ ދަރިވަރުންގެ ލޯނަކީ ސައްތައިން ސައްތަ އިސްލާމީ ޝަރީޢާގެ އުޞޫލަށް އަށް ފެތޭ (ޤަރުޟު ޙަސަން) އަކަށް ހެއްދެވުމަށެވެ. ޙަރާމް ގޮތުގައި ލޯނަށް އިތުރުވާ ޕަސެންޓެއް ވެސް، އަދި ލޯން ދޭ އިދާރާގެ މަސައްކަތަށް ނެގުން ޝަރީޢާ ހުއްދަކުރާ ފިކްސް އެކްޗުއަލް އެމައުންޓެއްވެސް ސަރުކާރުން ނުނެގުމަށެވެ. އެއީ އިދާރީ ގޮތުން ލޯންގެ ކަންކަން ހިންގަން ތިބެނީ ސަރުކާރުގެ މުސާރަ ހިނގާ މުވައްޒަފުންނަށް ވުމާއި އިދާރީ ގޮތުން އެކަން ހިނގަނީ ދައުލަތުގެ އޮންނަ އިދާރީ ނިޒާމްގެ ތެރެއިން ކަމަށްވާތީއެވެ. އެކަމަށް އިތުރު ފީއެއް ދަރިވަރުން އަތުން ނެގުން މުހިންމު ނުވާތީއާއި ދަރިވަރުގެ ބެލެނިވެރި ފަރާތަކީ ދައުލަތްކަމާއި އެ ދަރިވަރުގެ ތައުލީމު ދިނުމަކީ ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓަށްވާތީއެވެ.
ލޯނާ ގުޅުވައިގެން އެޑްމިން ފީގެ ނަމުގައި ލޯނަށް އިތުރުކޮށް ނަގާ ޕަސެންޓާއި، ލޯނާ ނުގުޅުވައި ޚިދުމަތުގެ ފީގެ ގޮތުގައި، ގޮތުން ނެގުމަށް ޝަރީޢާ ހުއްދަކުރާ ފިކްސް އެކްޗުއަލް އެމައުންޓް އޮޅުވައިލައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސާވިސް ޗާރޖ ނެގުމަށް ވެސް ޝަރީޢާގައި ވަކި އުޞޫލުތަކެއް ކަނޑައެޅިފައި އޮވެއެވެ. އެއަށް ނުފެތޭ ގޮތަށް އެކަމެއް ނުކުރެވޭނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.
ރައީސްގެ ނިންމެވުމަކީ ބައިނަލްއަޤުވާމީ އިސްލާމީ މާލީ އުޞޫލުތަކާ އެއްގޮތައް ނިންމާފައިވާ ވަރަށް ހަރުދަނާ ހެޔޮ ނިންމެވުމެއް ކަމަށް އޭނަ ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައިވެ އެވެ.