Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

މައުރަޒުގައި ބައިވެރިވާން މުއްދަތު އިތުރުކޮށްފި

މެއި މަހު ބާއްވަން ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025" ގައި ބައިވެރިވުމުގެ މުއްދަތު އިތިރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ބާއްބާ މި މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު ކުރިން އޮތީ މި މަހުގެ 31 އާ ހަމަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 15 އާ ހަމައަށް އިތުރުކޮށްފަ އެވެ.

ބީސީސީން ބުނީ މުއްދަތު އިތުރުކުރީ ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވުމާއި، ޢީދު ޗުއްޓީއާ ގުޅިގެން ބަންދު ދުވަސްތަކެއް އަންނާތީ، ވަރަށް ގިނަ ބަޔަކު އާޢިލީ ޗުއްޓީގެ ގޮތުގައި އެދުވަސްތައް ހޭދަކުރާ ކަމަށް ބެލެވޭތީ، ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަަށެވެ.

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ބާއްވަން ހަމަޖެހިފައި ވަނީ މެއި 23-31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.

މައުރަޒާ ގުޅޭ އިތުރު މައުލޫމާތު މިއިން www.expo.mv ލިބޭނެ އެވެ.