Last Updated: April 2, 14:09
Wednesday, April 2, 2025
ޚަބަރު

އަމިއްލަ އަމިއްލަ އަށް އީދު އިއުލާން ނުކުރަން އެދިއްޖެ

އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލަ އަށް ރޯދަ އިޢުލާން ކުރުމާއި ޢީދު އީދު އިއުލާން ކުރުމަކީ މަސްލަޙަތު ގެއްލިދާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެހެންވެ އެކަން އެގޮތަށް ނުުރަން މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ރާއްޖޭގައި ބައެއް ފަރާތްތަކުން މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނީ މާދަމާ ކަމަށް ބުނާތީ އެކަމާ ގުޅުވައި މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން. ކަމަށާއި ނަމަވެސް މިކަން އެކަން ވާނީ އާންމު މަޞްލަޙަތަށް އަސަރު ނުކުރާ ގޮތަށް ކަމަށެވެ.

"ޚާއްޞަކޮށް ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުޢީ އަޙްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭ ގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެކަމެއް،" ޝަހީމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުޢީ ހަމަތަކާއި ރާއްޖޭގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކުގެ މަތިން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ މިރޭ އޮންނާނެ އެވެ.

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މާދަމާ ފިތުރު އީދަށްވުމުގެ ފުރުސަތު ބޮޑު ކަމަށް މީގެ ދެތިން ކުރިން ވިދާޅުވި އެވެ. ނަމަވެސް މިއަދު އެ މަނިކުފާނު ވިދާޅުވީ މާދަމާ އަކީ ރަމަޟާން މަހުގެ 30 ކަމަށެވެ. ނަމަވެސް އިސްލާމީ އެހެން ގައުމަކަށް މިރޭ ހަނދު ސާބިތުވެގެން ރާއްޖެއަށް ހަނދުލައްވައިފި ނަމަ މާދަމާ ވާނީ އީދަށް ކަމަށް ވިދާޅުވި އެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. ކަލަންޑަރުގައި ވެސް ފިތުރު އީދަށް ވަނީ ހޯމަ ދުވަހެވެ.