Last Updated: April 2, 14:09
Wednesday, April 2, 2025
ޚަބަރު

މާދަމާ ވާނީ ރޯދަ މަހުގެ 30 އަށް: މައުމޫން

މާދަމާ ވަނީ މި ރޯދަ މަހުގެ 30 ވަނަ ދުވަހަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ކުރިން ވިދާޅުވެފައި ވަނީ މާދަމާ ފިތުރު އީދަށްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ނަމަވެސް މައުމޫން މިއަދު ވިދާޅުވީ ބަރާބަރު ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިރޭ ރާއްޖެ އަށް އިރާއި ހަނދު އޮއްސެނީ އެއްވަގުތެއްގައި ކަމަށެވެ. އެއީ 6:14 މިނެޓުގަ އެވެ. އެހެންވެ އިރު އޮއްސުމަށްފަހު އުދަރެހުގައި ހަނދެއް ނުހުންނާނެ ކަމަށާއި މާދަމާ ވާނީ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އިސްލާމީ އެހެންޤައުމަކަށް މިރޭ ހަނދު ސާބިތުވެގެން ރާއްޖެއަށް ހަނދުލައްވައިފި ނަމަ މާދަމާ ވާނީ އީދަށް." މައުމޫން ވިދާޅުވި އެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ މިރޭ އޮންނާނެ އެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. ކަލަންޑަރުގައި ވެސް ވާ ގޮތުބް ފިތުރު އީދަށް ވަނީ ހޯމަ ދުވަހެވެ.

ފިތުރު އީދު ދުވަސް މިހާރު ބަހުސަކަށްވެފައިވާ އިރު، އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލަ އަށް ރޯދަ އިޢުލާން ކުރުމާއި ޢީދު އީދު އިއުލާން ކުރުމަކީ މަސްލަޙަތު ގެއްލިދާނެ ކަމެއް ކަމަށް ވިދާޅުވެ، އެކަން އެގޮތަށް ނުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސް ކުރައްވާފައިވެ އެވެ.