* ބޭނުންވާ ތަކެތި:
270 ގްރާމް ވައިޓް ޗޮކްލެޓް
½ ޖޯޑު ގެރިކިރު
1 ސައިސަމުސާ ވެނީލާ އެސެންސް
20 އޯރިއޯ ބިސްކޯދު
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ފަޖް އަޅާނެ ތައްޓެއް ތައްޔާރުކުރާށެވެ. އެގޮތުން ތަށީގައި ބޭކިން ކަރުދާސް ނުވަތަ ތެޔޮކޮޅެއް އުނގުޅާލާށެވެ. ދެން އޯރިއޯ ބިސްކޯދު މުގުރައިލާށެވެ.
އެއަށް ފަހު ތެއްޔެއްގެ ތެރެއަށް ޗޮކްލެޓާއި ގެރިކިރު އެޅުމަށް ފަހު އުނދުން މައްޗަށް އުނދާށެވެ. ދެން މަޑު ގިނީގައި ބަހައްޓައިގެން ޗޮކުލެޓުތައް ވިރި ކިރާއި ރަނގަޅަށް އެއްވަންދެން ކައްކާށެވެ. އޭގެ ފަހުން އެ ތެލި އުނދުނުން ބޭލުމަށް ފަހު އޯރިއޯ ބިސްކޯދުކޮޅުގެ ދެބައިކުޅަ އެއްބަޔާއި ވެނީލާ އެސެންސް އެއަށް އެއްކޮށްލާށެވެ.
މިގޮތަށް ތައްުޔާރުކުރުމަށް ފަހު އެންމެ ފުރަތަމަ ތައްޔާރުކުރި ތައްޓަށް މި ސާމާނު އޮއްސާލާށެވެ. އަދި އެތަކެތި ރަނގަޅަށް އޮމާންކޮށްލައި، ބާކީ ހުރި އޯރިއޯ އޭގެ މައްޗަށް އަޅާލައި ފަތުރައިިލާށެވެ.
އެއަށް ފަހު، ފްރިޖުގައި ރަނގަޅަށް ފިނިވަންދެން ބަހައްޓާށެވެ.