ކުޅިވަރުގެ 77 މަޝްރޫއެއް ހިންގަން ސަރުކާރުގެ ކުންފުނިތަކާއި ސްޕޯޓްސް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީ، އާރުޑީސީ، އަދި ފެނަކަ އާ އެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ މި އެއްބަސްވުންތަކުގެ ދަށުން އައުޓްޑޯ ޖިމް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް، ފުޓްސަލް ދަނޑުތައް، ފުޓްބޯޅަ ދަނޑުތައް، ބެޓްމިންޓަން ކޯޓު އަދި ވޮލީބޯޅަ ކޯޓުތައްވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތަރައްޤީކުރާނެ ކަމަށެވެ.