Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފި

މާދަމައަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ހަނދު ސާބިތުކުރާ ކޮމެޓީން މިރޭ ކަނޑައަޅައިފި އެވެ.

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓްރީން އާންމުކުރި ހަނދާ ބެހޭ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ރަށަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވި ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަމަށް ރަސްމީކޮށް ލިބިފައިވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖެއިން އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތީން މިއަދަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅާ ކަމަށެވެ.

ރާއްޖޭގެ މި ނިންމުން އައީ ސައުދި އަރަބިއްޔާއަށް ހަނދު ފެނިފައިވާ ކަމަށާ މާދަމާ އަކީ އެ ގައުމަށް އީދު ދުވަސް ކަމަށް ކަނޑައަޅާ އިއުލާނު ކޮށްފައި ވަނިކޮށެވެ.

މިއަހަރު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:00 ޖަހާއިރު އެވެ.