މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މައްޗަންގޯޅީގައި ހުންނަ ގެއެއްގައި ހަބަރެއް ނެތި މީހަކު އޮތްކަމުގެ މައުލޫމާތު މިރޭ 12:22 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މަރުވެފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.