Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

މިއީ ފިތުރު ޒަކާތަށް އެންމެ ގިނަ ފައިސާ ލިބުނު އަހަރު

ފިތުރު ޒަކާތް ދައްކަނީ - ފޮޓޯ: ޒަކާތު ހައުސް

މިއީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ ޒަކާތް ބަލައިގަތުމުގެ ވަގުތު ހަމަވިިއިރު މުޅި ރާއްޖެއިން 13،264،819ރ. ލިބިފައިވާ ކަމަށެވެ. މިއީ ރެކޯޑު އަދަދެކެވެ.

ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 12،594،777ރ. އަދި 2023 ވަނަ އަހަރު 12،691،506ރ. ލިބިފައިވެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް 4،500ރ. ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި 5 ލައްކަ ރުފިޔާ ފަލަޞްޠީނުގެ ގާޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ޝަހީމް ރޭ ވަނީ ވިދާޅުވެފަ އެވެ.