ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު އެމަނިކުފާނުގެ އުފަން ރަށް ލ. ފޮނަދޫގެ ބޮޑު ޖަމާއަތުގައި އިމާމުވެ، އީދު ނަމާދު ކުރައްވައިފި އެވެ.
ފޮނަދޫގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބޭއްވީ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގަ އެވެ.
މިއީ އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އިމާމްވެ ޢީދު ނަމާދު ކުރެއްވެވި ފުރަތަމަ ފަހަރެވެ.
މީގެކުރިން އަބްދުއްރަހީމް ވަނީ ފޮނަދޫގެ މަސްޖިދުލް ޢުލާގައި އިމާމުވެ ހުކުރު ނަމާދު ވެސް ކުރައްވާފަ އެވެ. އަބްދުއްރަހީމް އަކީ ހުކުރު ކުރެއްވުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ.