ފިތުރު އީދު ދުވަހާ ގުޅިގެން މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނު ބާތިލްކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުން މިއަދު ހަވީރު 4 އިން 6އަށް މަނާކުރުމުގެ އިތުރުން ހަވީރު 4 އިން ރޭގަނޑު 11:30އަށް ބަރު އުޅަނދު ދުއްވުން ވެސް މަނާކޮށްފަ އެވެ.
ނަމަވެސް މިނިސްޓްރީން މިހާރު ވަނީ އެ އިއުލާން ބާތިލުކޮށްފަ އެވެ. އެ އިއުލާނު ބާތިލް ކުރި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
މިނިސްޓްރީން އިއުލާޏް ބާތިލުކުރި ނަމަވެސް ފިތުރު އީދާ ގުޅިގެން މިއަދު ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލޭގައި ހިނގާފައި އުޅޭ ގޮތަށް ވަނީ ނިންމާފަ އެވެ.