Last Updated: April 1, 23:32
Tuesday, April 1, 2025
މުނިފޫހިފިލުވުން

ސަލްމާންގެ 'ސިކަންދަރު' ލީކްކޮށްލައިފި

މިއަދު ސިނަމާތަކަށް ގެނައި ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" ލީކްކޮށްލައިފި އެވެ.

ފިލްމު ސިނަމާތަކުގައު ދައްކަން ފެށިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެކިއެކި އޮންލައިން ޕްލެޓްފޯމްތަކުގައި ފިލްމު ވަނީ ލީކްކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޓަމިލްރޮކާސް، މޫވީރޫލްޒް، ފިލްމީޒިއްލާގެ އިތުރުން ޓެލެގްރާމްގެ އެކި ޗެނެލްތަލުގައި ވެސް ފިލްމުގެ ވަގު ކޮޕީތަކެއް ވަނީ ލީކްކޮށްފަ އެވެ.

ސަލްމާން ޑަބަލް ރޯލެއް ކުޅެފައިވާ "ސިކަންދަރު" އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އޭއާރް މުރްގަދޯސް ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މީގެ ބަތަލާ އަކީ ރަޝްމިކާ މަންދަނާ އެވެ.

"ސިކަންދަރު" ގެ ކާސްޓްގައި ޝަރުމަން ޖޯޝީ، ކާޖަލް އަގަރްވާލް، ޕްރަތީކް ބައްބަރް އަދި ސަތިއަރާޖް ހިމެނެ އެވެ.

މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މިގާތަނަށް ބައެއް ކްރިޓިކުން ބުނެފައި ވަނީ "ސިކަންދަރު" އަކީ ސަލްމާންގެ ފިލްމުތަކަށް ލޯބިކުރާ މީހުން ބޭނުންވާ ހުރިހާ ރަހައެެއް ހިމަނައިގެން ހަދާފައިވާ ވަރަށް ފޫހި ފިލުވައިދޭ ކަހަލަ މަސާލާ އެންޓަޓައިނާއެއް ކަމަށެވެ.