Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

އޭޝިއަން މެރަތަން އަށް ރާއްޖެ އިން އިރުފާން

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ބައިވެރިވާ މުހައްމަދު އިރުފާން ޗައިނާ އަށް މިއަދު ފުރައިފި އެވެ.

އެ ގައުމުގެ ޖިއާންޝިންގުގައި ބާއްވާ މުބާރާތުގައި އިރުފާން އެކަނި ރާއްޖެ ތަމްސީލުކުރާ އިރު، އޭނައާ އެކު ދަތުރުގައި ކޯޗު ނަސްރުﷲ އަހުމަދު ބައިވެރިވެ އެވެ. އޭނަ އަކީ ދިވެހި ސިފައިންގެ ކްލަބުގެ ކޯޗުގެ އިތުރުން އައިލެންޑް ރަނާސް މޯލްޑިވްސްގެ ކޯޗެވެ. އަދި މެރަތަން ރަނާސް މޯލްޑިވްސްގެ ކޯޗަކީ ވެސް ނަސްރު އެވެ.

ވިހި ވަނަ އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ދުވަނީ އޭޝިއާގެ މެރަތަން ޗެމްޕިއަނުންނެވެ. އިވެންޓުގައި ވާދަކުރަނީ ކޮންމެ ގައުމެއްގެ ވެސް އެ ގައުމުގެ އެންމެ މޮޅު އެތުލީޓުންނެވެ.

ކޯޗް ބުނީ އިރުފާނާ އެކު ރާއްޖެއަށް ރީތި ނަމެއް ހޯދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި އޭނަ ހުރީ މުބާތާރަށް ހުރިހާ ގޮތަކުން ވެސް ތައްޔާރުވެގެން ކަމަށެވެ.