Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ގެއްލިގެން ހޯދި މީހަކު ޑްރަގާ ހައްޔަރުކޮށްފި

މި މަހުގެ ކުރީކޮޅު މާލެ އިން ގެއްލިގެން ހޯދަން އިއުލާންކުރި ފިރިހެނަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

އެއީ މި މަހުގެ 11 ގައި ފުލުހުން ހޯދަން އިއުލާންކުރި ނ. މަނަދޫ، ރީހުއްސަބާ، އަބްދުﷲ ޝިހާދު، 37، އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނަ އަކީ މާލޭގައި ދިިރިއުޅޭ މީހެކެވެ. އޭނަގެ ޚަބަރެއް ނުވެގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 8 ގަ އެވެ.

ޝިހާދުއާ ބެހޭ އެންމެ ފަހުގެ މައުލޫމާތަށް ބަލާ އިރު، އޭނަ މިހާރު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.

ޝިހާދުގެ މައްޗަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރި ކުރުމުގެ ތުހުމަތެވެ.