Last Updated: April 1, 23:32
Tuesday, April 1, 2025
މުނިފޫހިފިލުވުން

ބޮޑު އީދަށް ޕާކިސްތާންގެ ބިރުވެރި ފިލްމެއް

މި އަހަރުގެ ބޮޑު އީދާ ދިމާކޮށް ޕާކިސްތާނުން ބިރުވެރި ފިލްމެއް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު ޓްރެއިލާ ވެސް އާންމުކޮށްފައިވާ ފިލްމުގެ ނަމަކީ "ދީމަކް" އެވެ. އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއްގެ ސަބަބުން ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ މި ފިލްމަކީ އައިޝާ މުޒައްފަރުގެ ސްކްރީންޕްލޭއަކަށް ރަފޭ ރާޝިދީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ކުޑަ ދެ ކުދިން ވެސް ހިމެނޭ "ދީމަކް" ގެ މައިގަނޑު ކާސްޓުންނަކީ ފައިސަލް ގްރޭޝީ އާއި ސޯނިއާ ހުސައިން ޖާވިދު ޝެއިހާއި ސަމީނާ ޕިރްޒާދާގެ އިތުރުން ބުޝްރާ އަންސާރީ އެވެ.

މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި އޮތީ ޖޫން 6 ގަ އެވެ.