Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

މުއިއްޒަކީ މި ގައުމު ދެކޭނެ އެންމެ އޯގާތެރި ރައީސް

ފަލާހު ރައީސާ ސަލާމްކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މި ގައުމު ދެކޭނެ އެންމެ އޯގާތެރި ރައީސް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ފިތުރު އީދު ދުވަހު ރައީސްގެ ދެކަނބަލުން ބޭއްވި ޢީދު ސަލާމާއި އަދި އީދު ހަވީރުން ވަރަށް ގިނަ ވާހަކަތައް ބުނެދީފައިވާ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންގެ ރަޢީސް އަކީ ރަޢީސް މުޢިއްޒު ކަމާއި އަދި ދިވެހި ޤަޢުމުގެ ވީރާނާވެ ގެއްލިފައިވާ ޢިޖުތިމާޢީ އެއްބައިވަންތަކަމާއި ޤައުމީ ލޯބި މިޤައުމަށް އަނބުރާ ގެނެސްދެވޭނެ ވެރިޔަކީ ރައީސް މުއިއްޒުކަން ކަށަވަރުވެފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވަނީ އިއްޔެ ބޭއްވި ހަރަކާތްތަކުން އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްޔިތުން ސަޅި ޖަވާބެއް ދީފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

"ރައީސް މުއިއްޒު އަކީ މި ގައުމު ދެކޭނެ މި ގައުމަށް އެންމެ އަމާނާތްތެރި އެންމެ އޯގާތެރި ރައީސްކަން ޔަގީން،" ރައީސަށް ތައުރީފު ކުރައްވަމުން ފަލާހު ވިދާޅުވި އެވެ.

ފަލާހު މިހެން ވިދާޅުވި އިރު އިދިކޮޅު އެމްޑީޕީން އަންނަނީ ރައްޔިތުންގެ އެއްވެސް ޙައްޤަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ކުޑަވެސް ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށާއި ރައްޔިތުން ކޮންމެ ދުވަހަކުމެ ނުކުމެ ތިބެން ޖެހެނީ ކޮންމެވެސް ޙައްގެއް ހޯދުމަށް އެދި އާދޭސް ކުރުމުގައި ކަމަށް ބުނެފަ އެވެ.

އެމްޑީޕީން ވަނީ މިދިޔަ ރޯދަ މަހު މާލޭގައި ސިލްސިލާ ގޮތެއްގައި މުޒާހަރާތަކެއް ވެސް ބާއްވާފަ އެވެ. އެ މުޒާހަރާތައް ރޯދަ މަހުގެ ފަހު 10އަކަށް މެދުކަނޑާލާފައިވާއިރު، ރޯދައަށް ފަހު އަލުން ފަށާނެ ކަމަށް އެމްޑީޕީން މީގެކުރިން ވަނީ ބުނެފަ އެވެ.