Last Updated: April 2, 06:06
Wednesday, April 2, 2025
މުނިފޫހިފިލުވުން

މިއޮތީ އަހަރުގެ ފުރަތަމަ ފިލްމުގެ ޓްރެއިލާ

މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ދިވެހި ފިލްމު "އަބަދަށް" ގެ ޓްރެއިލާ ދޫކޮށްލައިފި އެވެ.

އަންނަ މަހުގެ 28 ގައި އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ މި ފިލްމަކީ އިޖުތިމާއީ އެކިއެކި މައްސަލަތަކަށް ބިނާކޮށް މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އޭނަ އަކީ "ލޫދިފާ" އާއި "ހޭޕީ ބާތުޑޭ" ފަދަ މަގުބޫލުތައް ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. މޫމިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު 2019 ގެ "ނިވައިރޯޅި" އެވެ.

އޭގެ ހަ އަހަރު ފަހުން އޭނަ ގެނެސްދޭ "އަބަދަށް" އަކީ ދިވެހިންގެ މިހާރު ދިރިއުޅުމުގެ ހަ ފަރާތުގައި ހުރި ގިނަ މައްސަލަތަކެއް ދައްކުވައި ދޭނެ ވަރަށް އުންމީދީ ފިލްމެކެވެ. މީގެ ކާސްޓްގައި ވާޝިޔާ މުހައްމަދު، ޔޫސިުފް ޝަފީއު (ޔޫއްޕެ)، އަހުމަދު ޝާރިފް، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އާމިރާ އިސްމާއީލް، ހުސައިން ސާމީ އަދި ސޫޒަން އިބްރާހީމްފުޅު ހިމެނެ އެވެ.

"އަބަދަށް" އަކީ ނޫރު އެންޑް މޫވީސް އާއި އޯކޭޒް އިންކް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.