Last Updated: April 12, 13:23
Saturday, April 12, 2025
ޚަބަރު

ރަސްދޫގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެ އެވެ.

ރަސްދޫގައި މިދިޔަ ހަފްތާގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލެއަށް ގެނެސް ފަރުވާ ދެމުން ދިޔައީ އުމުރުން 31 އަހަރުގެ ދެމަފިރިންނަށެވެ. ނިޔާވީ އެ ރަށު އަންބަރީގޭ، އައިޝަތު ރިފްގާ އެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ދެ މީހުންނަށް ފަރުވާ ދެމުން ދަނިކޮށް އަންހެން މީހާ ނިޔާވީ މިރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައިނުވާއިރު، ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.