Last Updated: April 7, 09:24
Monday, April 7, 2025
ޚަބަރު

ލަންކާ ހޮސްޕިޓަލްސް އިން އާސަންދަ ކަނޑާލައިފި

ގިނަ އަދަދެއްގެ ދިވެހިން ހިދުމަތް ހޯދާ ސްރީ ލަންކާގެ، ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ދަށުން ހިދުމަތް ދިނުން ހުއްޓާލައިފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ އެ ހޮސްޕިޓަލުން އާސަންދަ ހިދުމަތް ކަނޑައިލީ ބިލުތަކަށް ފައިސާ ނުދައްކާތީ އެވެ. އެގޮތުން އެތައް މިލިއަން ރުފިޔާއެއްގެ ބިލްތައް ނުދައްކައި އޮތް ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އާސަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވެފައި ވަނީ ފައިސާ ނުދައްކާ ގިނަ އަދަދެއްގެ އައުޓްސްޓޭންޑިން ބިލްތަކެއް ފޮނުވާފައި އެބަހުރި ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މިކަން ހައްލު ކުރަން ކިހާ ވަގުތެއް ނަގާނެކަން ދަންނަވަން ދަތި ކަމަށް ވިދާޅުވި އެވެ.

"އެމީހުން މިވަގުތު ކްރެޑިޓް އަށް ޚިދުމަތް ނުދޭނެ ކަމަށް ވިދާޅުވެ އަންގާފައި އެބައޮތް.. ދެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް އެކަން ހައްލު ކުރެވޭތޯ. މިހާރުވެސް މި ގެންދަނީ އެ މައްސައްކަތް ކުރަމުން." ޒީނިޔާ ވިދާޅުވި އެވެ.

ލަންކާ އަކީ ދިވެހިން އެންމެ ގިނަ އަދަދެއްގެ އުޅޭ އެއް ގައުމެވެ.

ދާދި ފަހުން އާސަންދަ ކުންފުނިން ބުނި ގޮތުގައި ބުނި ޔޫއޭއީ އާއި ތައިލެންޑުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ހިދުމަތް ލިބޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ