Last Updated: April 6, 05:58
Sunday, April 6, 2025
ޚަބަރު

ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް މުޝްފިގު ނުފެނޭ

ރޭ ދަންވަރު އަލިފާން ރޯވެ، އަނދައި އަޑިއަށް ދިޔަ 'ހޮޅުދޫ ބޯޓުން" ގެއްލުނު ޒުވާނާ ހޯދަން ކަނޑު މަގުންނާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ ލ.މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް އެވެ.

އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދަން ސާފަސް ސާޗުގެ ގޮތުގައި 53.04 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށާއި ޑައިވްކޮށްގެން 64،240 އަކަމީޓަރު ބަލާފައިވާއިރު ވައިގެ މަގުން 1545 ސްކޮޔާ މޭލު (4،000 އަކަމީޓަރު) ބަލާފައިވާ ކަމަށެވެ.

މުޝްފިގު ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެމަގުން އަދ ިޑައިވަރުން ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ބޯޓުން 18 މީހަކު ދަތުރުކުރިއިރު އޭގެތެރެއިން 17 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ