ތޭވީސް އަހަރުން ދަށުގެ ގައުމީ ފިރިހެން ވޮލީ ޓީމު އެކުލަވާލުމަށްޓަކައި ކުރިއަށް ގެންދަން ނިންމާފައިވާ ޓްރައި-އައުޓަކަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
އެހެންވެ އޭގައި ބައިވެރިވާން ޝައުގުވެރި ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.
ޓްރައި-އައުޓް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 17-29 އަށް މާލޭގެ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގަ އެވެ. އެ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އެކަމަށް ކަނޑައެޅި މުއްދަތުގެ ތެރޭގައި މެންދުރު ފަހު 1:45 އިން ހަވީރު 4:00 އަށެވެ.
މި ޓްރައި-އައުޓްތައް ކުރިއަށް ގެންދާނީ ވޮލީބޯލް އެސޯސިއޭޝަނުން ގެނެސްފައިވާ ބޭރުގެ ކޯޗެވެ.