އދ.ގެ 'ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން' (ސީއެސްޑަބްލިއު)ގެ މެމްބަރަކަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.
އދ.ގެ ސީއެސްޑަބްލިއުގެ މެމްބަރަކަށް ރާއްޖެ އިންތިހާބުވީ 2026-2030ގެ ދައުރަށެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ އެ ކޮމިޝަނަށް ރާއްޖެ އިންތިހާބުވުމަކީ މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި ހާސިލުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުމުގެ ހެއްކެއް ކަމަށެވެ. ރާއްޖެއިން ވަނީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އަބަދުވެސް ވަކާލާތުކޮށް، އަދި ތަފާތު ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ސިޔާސަތުތައް އެކުލަވާލައި، ޤާނޫނަށް އިސްލާހުތައް ގެނެސްފައި ކަމަށް ހަލީލު ވިދާޅުވި އެވެ.
ހަލީލު ވަނީ މުޅި ދުނިޔޭގައި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް އެކަށީގެންވާ ހައްލުތައް ހޯދައިދިނުމަށްޓަކައި ކޮމިޝަންގައި ހިމެނޭ ބައިވެރިންނާއެކު ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.