Last Updated: April 11, 10:39
Friday, April 11, 2025
ޚަބަރު

ދިވެހި ފަންނާނުން އޭޓީއެމްގައި ބައިވެރިވުމުގެ ފުރުސަތު

އަރަބިއަން ޓްރެވެލް މާކެޓު (އޭޓީއެމް) ގައި ރާއްޖޭގެ ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނީ މި މަހުގެ 28 އިން އަންނަ މެއި މަހު 1 އަށް ދުބާއީގައި އޮންނަ އޭޓީއެމްގައި ދިވެހި ފަންނާނުންނަށް އެ މީހުންގެ ހުނަރު ދައްކައިލަން ފުރުސަތިު ހުޅުވާލައިފާ ކަމަށެވެ. އޭގެ ތެރޭގައި އާޓިސްޓުންނާއި މިއުޒިޝަނުން ހިމެނެ އެވެ.

އެހެންވެ އެފަދަ ފަންނުވެރިން ހުނަރު ދައްކައިލަން އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 9 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އޭޓީއެމް ފެއާ އޮންނާނީ ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގަ އެވެ.

މި ފެއާ ބާއްވާތާ 30 އަހަރުވެފައިވާ އިރު، ކޮންމެ އަހަރަކު ވެސް އޭގައި ރާއްޖެ ބައިވެރިވެ، ރާއްޖެ ޕްރޮމޯޓްކުރެ އެެވެ. މިދިޔަ އަހަރުގެ އޭޓީއެމްގައި، އެމްއެމްޕީއާރުސީއާ އެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 253 ފަރާތަކުން ބައިވެރިވި އެވެ.