މިދިޔަ ބުދަ ރޭ އަލިފާން ރޯވެ، އަނދައި އަޑިއަށް ދިޔަ 'ހޮޅުދޫ ބޯޓުން" ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ ލ.މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް އެވެ.
އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދަން ސަފޭސް ސާޗްގެ ގޮތުގައި 92.42 ސްކުއެއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށާއި އަދި ޑައިވްކޮށްގެން 65100 އަކަ މީޓަރު ބަލާފައިވާ ކަމަށެވެ.
މުޝްފިގު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް އަންނަނީ ކަނޑާއި ވައިގެމަގުން އަދ ޑައިވަރުންގެ އެހީގައި ކުރަމުންނެވެ.
މި ބޯޓުން 18 މީހަކު ދަތުރުކުރިއިރު އޭގެތެރެއިން 17 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.