Last Updated: April 10, 05:47
Thursday, April 10, 2025
މުނިފޫހިފިލުވުން

'އަބަދަށް' ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި

މި އަހަރު އޮލިމްޕަހަށް ގެންނަ ފުރަތަމަ ފިލްމު "އަބަދަށް" ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި އެވެ.

އިޖުތިމާއީ އެކިއެކި މައްސަލަތަކަށް ބިނާކޮށް މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމު ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ.

ނޫރު އެން މޫވީސް އާއި އޯކޭޒް އިންކް ގުޅިގެން ގެނެސްދޭ "އަބަދަށް" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ވާޝިޔާ މުހައްމަދާއި އަހުމަދު ޝާރިފާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން އިސްމާއީލް ރަޝީދު ކޮޕީ އިއްސެ) އެވެ

ފިލްމު ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އާމިރާ އިސްމާއީލް، ހުސައިން ސާމީ އަދި ސޫޒަން އިބްރާހީމްފުޅު ހިމެނެ އެވެ.

މޫމިން އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ 2019 ގެ "ނިވައިރޯޅި" އެވެ. އޭނަ އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ލޫދިފާ" އާއި "ހެޕީ ބާތުޑޭ" ގެ ވެސް ޑައިރެކްޓަރެވެ.

"އަބަދަށް" ގެ ޓިކެޓް އޮލިމްޕަހުން އަންނަނީ ވިއްކަމުންނެވެ.

ހިޔާލު ފާޅުކުރައްވާ