Last Updated: April 5, 22:43
Saturday, April 5, 2025
މުނިފޫހިފިލުވުން

އެމިނެމް ކާފައަކަށްވެއްޖެ

އެމެރިކާގެ މަޝްހޫރު ރެޕާ، އެމިނެމް ކާފައަކަށްވެއްޖެ އެވެ.

އުމުރުން 52 އަހަރުގެ ފަންނާނުގެ އަންހެން ދަރިފުޅު ހެއިލީ ޖޭޑް މޭތާސް އަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އޭނަ އާއި ފިރިމީހާ އިވަން މެކްކްލިންޓޮކްގެ އަލަތު ދަރިފުޅު އުފަންވީ މިދިޔަ މަހުގެ 14 ގަ އެވެ.

އެ ވާހަކަ އިންސްޓަގްރާމްގައި ފޮޓޯއަކާ އެކު އިއްޔެ ހިއްސާކޮށް ދަރިފުޅުގެ ނަން ވެސް އާންމުކޮށްފައިވެ އެވެ. ކުއްޖާގެ ނަމަކީ އެލިއަޓް މާޝަލް މެކްކްލިންޓޮކް އެވެ.

ހެއިލީ އާއި އިވަން ކައިވެނިކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

ހެއިލީގެ އިތުރުން ވެސް އެމިނެމްގެ ދެ ކުދިންނެވެ. އެޑޮޕްޓްކޮށްފައިވާ އެ ދެ ކުދިންނަކީ އަލައިނާ މޭތާސް އާއި ސްޓީވީ މޭތާސް އެވެ.

އެމިނެމް އަކީ އެމެރިކާގައި އުފެދުނު އެންމެ ނުފޫޒު ގަދަ އެއް ރެޕާ އެވެ. އޭނަ މިހާތަނަށް 12 ސްޓޫޑިއޯ އަލްބަމް ނެރެފައިވާ އިރު، އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ދަ ޑެތު އޮފް ސްލިމް ޝޭޑީ" އެވެ.