ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ނޭޕާލްގެ ޕުރުޝޮތަމް ކަޓޭލް އައްޔަންކޮށްފި އެވެ.
އޭނަ އަކީ 17 އަހަރު ވަންދެން އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމާއަތް ކަމަށްވާ (އޭއެފްސީ) ގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.
ސާފްގެ އާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޕުރްޝޮތަން އައްޔަންކުރީ ސްރީ ލަންކާގައި އިއްޔެ ބޭއްވި ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ. އެއީ 2015 އިން ފެށިގެން ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރަމުން އައި އަންވަރުން ހައްގު މަގާމުން އިސްތިއުދާ ދެއްވުމާ ގުޅިގެންނެވެ.
ޕުރްޝޮތަމް ވިދާޅުވީ ސާފުގެ އެސްޖީހެ ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މަގާމުގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ ޒިންމާތައް ވަރަށް ފުރިހަމަ އަށް އަދާކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން ޕްރުޝޮތަމް އަށް އެންމެ ފުރަތަމަ އޮތް ބޮޑު މަސައްކަތަކީ ލަންކާގައި މި އަހަރުގެ ޖޫން 15 އިން ޖުލައި 5 އަށް ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާވައި ހިންގުމެވެ.