Last Updated: April 5, 22:43
Saturday, April 5, 2025
ޚަބަރު

ދިރާސީ އަހަރު ފަށާނީ ހޯމަ ދުވަހު

މި އަހަރުގެ ދިރާސީ އާ އަހަރު ހޯމަ ދުވަހު ފަށާ ގޮތަށް ނިންމައިފި އެވެ.

ސްކޫލްތައް ބޮޑު ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ. މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ކިޔަވައިދޭނެ ދުވަސްތަކުގެ އަދަދު މަދެވެ. ކުރިން 83 ދުވަސް ކިޔަވައިދޭ ގޮތަށް އޮތް ނަމަވެސް ފަހުން ގެނައި ބަދަލާ އެކު ފުރަތަމަ ޓާމުގައި ކިޔަވައި ދޭނީ 81 ދުވަ ހުއެވެ.

ދެވަނަ ޓާމުގައި ކިޔަވައި ދޭނީ 99 ދުވަހު އެވެ. މިއީ ކުރިން ނެރުނު ކަލަންޑަރުގައި ބުނެފައިވާ އަދަދަށް ވުރެ ދެ ދުވަހުގެ އިތުރުވުމެކެވެ.

ދިރާސީ އަހަރުގައި މުޅި ޖުމްލަ ކިޔަވައި ދޭނީ 180 ދުވަހުއެވެ. އަދި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ.